އިންޖިނިއަރިންގެ އެކި ދާއިރާތަކުން ތަމްރީނުވާ ދިވެހިންގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީތެރިވާން އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށާއި އެ ދާއިރާއިން ދިރާސާކުރަން ހާއްސަ “ސްޓޭޓް އޮފް ދަ އާޓް އިމާރާތެއް” އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.